intake

2021-2022

2021-2022 ވަނަ އަހަރަށް ދަރިވަރުން ސްކޫލަށް ވެއްދުން

2021-2022 ވަނަ ދިރާސީ އަހަރަށް މި ސްކޫލުގެ އެލްކޭޖީ، ޔޫކޭޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ދަރިވަރުން ސްކޫލަށް ވައްދަން އެދިލައްވާ ފަރާތްތަކުން އޮންލައިން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރައްވާށެވެ. ފޯމް ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ 15 ޖޫން 2021 އެވެ.

ފޯމާއެކު ހުށަހަޅަން ޖެހޭ އިތުރު ލިޔުންތައް

  • ދަރިވަރުގެ އައިޑީ ކާޑު / އުފަންދުވަހުގެ ރަޖިސްޓްރީ

  • ވެކްސިން ކާޑު

  • ބެލެނިވެރިޔާގެ އައިޑީކާޑު


ދަރިވަރުން ސްކޫލަށް ވެއްދުމަށް އުމުރު ބަލާނެ ގޮތް


އެލްކޭޖީ

  • 2021 ޑިސެމްބަރު 31 އަށް 5 އަހަރު ފުރޭ ދަރިވަރުން

މީގެ އިތުރުން

  • ނާސަރީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 4 އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެ ތެރޭގައި (31 މާޗް 2022 އާ ހަމައަށް) 5 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައި ވާނަމަ، އެ ދަރިވަރުގެ ބެލެނިވެރިޔާ ބޭނުންނަމަ، އެ ދަރިވަރަށް އެލްކޭޖީން ޖާގަ ލިބޭނެ

  • ނާސަރީ ފުރިހަމަކޮށްފައި ނުވާ، 1 އޮގަސްޓް 2021 އަށް 4 އަހަރު ފުރޭ ދަރިވަރުންނަށް އެލްކޭޖީން ފުރުސަތު ދެވޭނެ

ޔޫކޭޖީ

  • 2021 ޑިސެމްބަރު 31 އަށް 6 އަހަރު ފުރޭ ދަރިވަރުން

މީގެ އިތުރުން

  • 2021 އޮގަސްޓް 1 އަށް 5 އަހަރު ފުރޭ ދަރިވަރުން، މިހާރު ހިނގާ ދިރާސީ އަހަރުގެ 2 ވަނަ ޓާމުގައި 6 މަސްދުވަހުގެ ހާއްސަ ޕްރޮގްރާމްގައި ބައިވެރިވެފައިވާ ދަރިވަރުން

  • އެލްކޭޖީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 5 އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެ ތެރޭގައި (31 މާޗް 2022 އާ ހަމައަށް) 6 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައި ވާނަމަ، އެ ދަރިވަރުގެ ބެލެނިވެރިޔާ ބޭނުންނަމަ، އެ ދަރިވަރަށް ޔޫކޭޖީން ޖާގަ ލިބޭނެ


ގްރޭޑް 1

  • 2021 ޑިސެމްބަރު 31 އަށް 7 އަހަރު ފުރޭ ދަރިވަރުން

މީގެ އިތުރުން

  • ޔޫކޭޖީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 6 އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެ ތެރޭގައި (31 މާޗް 2022 އާ ހަމައަށް) 7 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައި ވާނަމަ، އެ ދަރިވަރުގެ ބެލެނިވެރިޔާ ބޭނުންނަމަ، އެ ދަރިވަރަށް ގްރޭޑް 1 އިން ޖާގަ ލިބޭނެ