Application for 2021-2022 is open. Please submit application before June 15, 2021.
2021-2022 ވަނަ ދިރާސީ އަހަރަށް މި ސްކޫލުގެ އެލްކޭޖީ، ޔޫކޭޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ދަރިވަރުން ސްކޫލަށް ވައްދަން އެދިލައްވާ ފަރާތްތަކުން އޮންލައިން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރައްވާށެވެ. ފޯމް ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ 15 ޖޫން 2021 އެވެ.
ދަރިވަރުގެ އައިޑީ ކާޑު / އުފަންދުވަހުގެ ރަޖިސްޓްރީ
ވެކްސިން ކާޑު
ބެލެނިވެރިޔާގެ އައިޑީކާޑު
2021 ޑިސެމްބަރު 31 އަށް 5 އަހަރު ފުރޭ ދަރިވަރުން
ނާސަރީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 4 އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެ ތެރޭގައި (31 މާޗް 2022 އާ ހަމައަށް) 5 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައި ވާނަމަ، އެ ދަރިވަރުގެ ބެލެނިވެރިޔާ ބޭނުންނަމަ، އެ ދަރިވަރަށް އެލްކޭޖީން ޖާގަ ލިބޭނެ
ނާސަރީ ފުރިހަމަކޮށްފައި ނުވާ، 1 އޮގަސްޓް 2021 އަށް 4 އަހަރު ފުރޭ ދަރިވަރުންނަށް އެލްކޭޖީން ފުރުސަތު ދެވޭނެ
2021 ޑިސެމްބަރު 31 އަށް 6 އަހަރު ފުރޭ ދަރިވަރުން
2021 އޮގަސްޓް 1 އަށް 5 އަހަރު ފުރޭ ދަރިވަރުން، މިހާރު ހިނގާ ދިރާސީ އަހަރުގެ 2 ވަނަ ޓާމުގައި 6 މަސްދުވަހުގެ ހާއްސަ ޕްރޮގްރާމްގައި ބައިވެރިވެފައިވާ ދަރިވަރުން
އެލްކޭޖީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 5 އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެ ތެރޭގައި (31 މާޗް 2022 އާ ހަމައަށް) 6 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައި ވާނަމަ، އެ ދަރިވަރުގެ ބެލެނިވެރިޔާ ބޭނުންނަމަ، އެ ދަރިވަރަށް ޔޫކޭޖީން ޖާގަ ލިބޭނެ
2021 ޑިސެމްބަރު 31 އަށް 7 އަހަރު ފުރޭ ދަރިވަރުން
ޔޫކޭޖީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ 6 އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެ ތެރޭގައި (31 މާޗް 2022 އާ ހަމައަށް) 7 އަހަރު ފުރޭނެ ދަރިވަރެއް ކަމުގައި ވާނަމަ، އެ ދަރިވަރުގެ ބެލެނިވެރިޔާ ބޭނުންނަމަ، އެ ދަރިވަރަށް ގްރޭޑް 1 އިން ޖާގަ ލިބޭނެ